ރަތަފަންދޫއަށް ރާޅު އަރައި، ލިބެމުންދިޔަ ގެއްލުންތައް ނިމުމަކަށް ގެނެސްދެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރަތަފަންދޫއަށް ނިސްބަތްވާ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގދ.ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 2008އިން ފެށިގެން ކޮންމެ ވެރިކަމެއްގައި ވަނީ ވައުދުވެފައިކަމަށެވެ. ނަމަވެސް އެވައުދާއި ސަރުކާރުތަކުން ޚިލާފުވެފައިވާކަމަށް ސައުދު ވިދާޅުވިއެެވެ.
ސައުދު ވިދާޅުވީ ރައީސް ސާލިހުވެސް އެ ވައުދު 2018ގައި ވެވަޑައިގެންނެވިކަމަށެވެ. އަދި ރައީސް ސާލީހުގެ ކެމްޕެއިންގެ ވައުދު ވަނީ ރަނުން ރަނަށް ފުއްދައިދެއްވާފައި ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
"މިއަދު މިވަނީ ބޮޑު ހިލަ ބާޖު ލޭންޑުކޮށްފައި. އަންނަނީ، އަންނަނީ ނޫން.
އައިއްސި. މަސައްކަތް ފެށިއްޖެ. މަސައްކަތް ނިމެނީ." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައީސް ސާލިހަށް 2 ވަނަ ދައުރެއް ދިނުމަށް ރަތަފަންދޫ ރަޔިތުން ތިބީ ކެތް މަދުވެފައިކަމަށެވެ. އަދި ރާޅު އަރައިގެން އެ ރަށަށް ލިބެމުންދިޔަ ގެއްލުމާއި، ބިރުވެރިކަން ނިމުމަކަށް ގެނެސްދެއްވީ ރައީސް ސާލިހުކަމަށްވެސް ސައުދު ވިދާޅުވިއެވެ.

Raees @ibusolih ah dhevana dhaureh dhinumah Rathafandhoo rayithun thibee keh madhuvefa.Raalhu araa libemundhiya gellumaai,biruverikan nimumakah genesdhehvi Raees.Shukuriyyaa Raees @ibusolih @iameeru #ibu2023 .
— Saudulla Ahmed (@saudullaahmed1) April 25, 2023
ސައުދު ވިދާޅުވީ ރައީސް ސާލިހުވެސް އެ ވައުދު 2018ގައި ވެވަޑައިގެންނެވިކަމަށެވެ. އަދި ރައީސް ސާލީހުގެ ކެމްޕެއިންގެ ވައުދު ވަނީ ރަނުން ރަނަށް ފުއްދައިދެއްވާފައި ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
"މިއަދު މިވަނީ ބޮޑު ހިލަ ބާޖު ލޭންޑުކޮށްފައި. އަންނަނީ، އަންނަނީ ނޫން.
އައިއްސި. މަސައްކަތް ފެށިއްޖެ. މަސައްކަތް ނިމެނީ." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައީސް ސާލިހަށް 2 ވަނަ ދައުރެއް ދިނުމަށް ރަތަފަންދޫ ރަޔިތުން ތިބީ ކެތް މަދުވެފައިކަމަށެވެ. އަދި ރާޅު އަރައިގެން އެ ރަށަށް ލިބެމުންދިޔަ ގެއްލުމާއި، ބިރުވެރިކަން ނިމުމަކަށް ގެނެސްދެއްވީ ރައީސް ސާލިހުކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު