ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިރޭ 10:15ހާއިރު ކަމަށެވެ.
އެކްސިޑެންޓު ހިނގީ އެޗް ފަހެއް ޓަވަރު ކައިރީގައި ކަމަށާއި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުންނަަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް އަދި އެ މީހުންގެ ހާލަތާ ގުޅޭ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު