މިދިޔަ މާޗު މަހު އެކަނި ވެސް ކުޑަކުދިންނަށް އަނިޔާކުރުމާގުޅޭ 98 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅި 206 މައްސަލައިގެ ތެރެއިން 98 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަ ކަމަށާއި އެގޮތުން މިބާވަތުގެ 29 މައްސަލައެއް މާޗު މަހު ޖެންޑާއަށް ހުށަހަޅައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ މިދިޔަ މަހު ހުށައަޅާފައިވެއެވެ.
އަދި ޢާއިލީ މައްސަލަތަކުގެ 18 މައްސަލައަކާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 16 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަތަރު މައްސަލައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.

Case Statistics: Ministry received and attended to a total of 206 cases in March 2023
— Ministry of Gender, Family and Social Services (@MoGFSSmv) April 25, 2023
Website Link: https://t.co/89EqvCc2Hl#ViolenceAgainstChildren#ChildRights#GenderBasedViolence#GBV#domesticviolence pic.twitter.com/8kvtPMRVFs
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ މިދިޔަ މަހު ހުށައަޅާފައިވެއެވެ.
އަދި ޢާއިލީ މައްސަލަތަކުގެ 18 މައްސަލައަކާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 16 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަތަރު މައްސަލައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.
ކިޔުންތެރިންގެ ހިޔާލު