ދިވެހި ސަރުކާރުން ހިންގާ ތިން މަޝްރޫޢަކަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފިއެވެ.
އިންޑިއާއިން 3 ޕްރޮޖެކްޓަށް ދީފައިވަނީ 2.73 މިލިއަން ރުފިޔާ ހިލޭ އެހީއެކެވެ. މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ކުރިއަށްގެންދާ 3 މަޝްރުއޫއެކެވެ.
މި ފައިސާ ހަމަޖައްސާފައިވަނީ ގދ. ގައްދޫގައި "ސްޕޯޓްސް ކޮމްޕްލެކްސް" ގާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށެވެ.
ރާއްޖެއާއި އިންޑިއާ ގުޅިގެން ހިންގާ ހައިއިމްޕެކްޓް ޕްރޮޖެކްޓްތަކަކީ ރަށްރަށުގެ ތަރައްޤީއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ.
އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގާ 28 ހައިއިމްޕެކްޓް ޕްރޮޖެކްޓްތައް ހާއްސަ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި އިކޯ ޓޫރިޒަމް، ދެމެހެއްޓެނިވި ތަރައްގީ، ޓޫރިޒަމް، ކުޅިވަރު، ދަނޑުވެރިކަން، ސަގާފަތް، ސިއްހީ، ޖަޒީރާ އުމްރާނީ އަދި ތައުލީމީ ދާއިރާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު