އަހުމަދު މަސްނޫމް   25 އޭޕްރީލު 2023 - 20:32
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ.

މޭޖަރ ޢަލީ ސަލީމް ނިޔާޥީ އާލާސްކަންފުޅު ކުއްލިއަކަށް ބޮޑުވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އަދި މިއަދުވެސް ސަލީމް އޮފީހަށް ނިކުނެންނެވިކަމަށް މައުލޫމާތު ލިބެއެވެ.



ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މޭޖަރ ޢަލީ ސަލީމަކީ، ދިވެހި އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަން މަތީ 34 އަހަރު ދުވަހު އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެއްކަަމަށެވެ. ޚާއްޞަކޮށް، ފަޔަރ ފައިޓަރުން ތަމްރީން ކުރެއްވުމުގައި އަދާކުރައްވާފައިވާ ދައުރު ޝަމާލް ފާހަގަކުރެއްވިއެވެ.

މޭޖަރ އަލީ ސަލީމަކީ ސިފައިންގެ ޔުނިޓެއްގެ ގޮތުގައި އެންމެ ފުރަތަމަ އެންއެސްއެސް ފަޔަރ ސަރވިސް އުފެއްދެވިއިރު ތިއްބެވި ފަސް ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.



ކިޔުންތެރިންގެ ހިޔާލު