ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވަމުންދާތީ އެކަަމަށް ހާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް އެކުލަވާލައި އެ ޓީމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެ ޓީމަކީ ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލި ޓީމެއް ކަމަށް ސްޓެލްކޯ ބުނެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް މިއަދު ވަނީ އެކުންފުނީގައި އަލަަށް އެކުލަވާލި ޓީމުގެ މެމްބަރުންނާއި ބައްދަލުކުރަށްވާފައެވެ.
ސްޓެލްކޯއިން ބުނީ ހޫނު ގަދަވުމާއި ގުޅިގެން، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ކަރަންޓް ބޭނުންކުރާ މިންވަރު ނުވަތަ އެވްރެޖް ޕަވަރ ޔޫސޭޖް ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައިކަމަށެވެ. އެގޮތުން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް އެކުންފުނިން ބުންޏެވެެ.މިކަމާއި ގުޅިގެން ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.ސްޓެލްކޯއިން ބުނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާކަމަށެވެ.
މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިދުވަސްވަރު ފިނިހޫނުމިން އިހުސާސްކުރެވޭ މިންވަރު 40 ޑިގްރީ ސެލްސިއަސްއިން މައްޗަށް ދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، މިކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި، pic.twitter.com/mFavCKoPx6
— STELCO (@STELCOMALDIVES) April 25, 2023
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް މިއަދު ވަނީ އެކުންފުނީގައި އަލަަށް އެކުލަވާލި ޓީމުގެ މެމްބަރުންނާއި ބައްދަލުކުރަށްވާފައެވެ.
ސްޓެލްކޯއިން ބުނީ ހޫނު ގަދަވުމާއި ގުޅިގެން، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ކަރަންޓް ބޭނުންކުރާ މިންވަރު ނުވަތަ އެވްރެޖް ޕަވަރ ޔޫސޭޖް ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައިކަމަށެވެ. އެގޮތުން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް އެކުންފުނިން ބުންޏެވެެ.މިކަމާއި ގުޅިގެން ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.ސްޓެލްކޯއިން ބުނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާކަމަށެވެ.
މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިދުވަސްވަރު ފިނިހޫނުމިން އިހުސާސްކުރެވޭ މިންވަރު 40 ޑިގްރީ ސެލްސިއަސްއިން މައްޗަށް ދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު