ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގލިޒިން، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ޑިފެންސް މިނިސްޓްރީގައެވެ.
ޗައިނާ ސަފީރު މިނިސްޓަރ މާރިޔާ އަރިހަށް ކުރެއްވި ޒިޔާރަތުގައި ވަނީ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޗައިނާ ސަފީރާއި މިނިސްޓަރ މާރިޔާ މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މިގޮތުން ޗައިނާއިން ފޯރުކޮށްދެވޭނެ އެހީއާއިި އެއްބާރުލުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު މިދިޔަމަހުވެސް ވަނީ މުހިއްމު 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހާރިޖީ ދާއިރާ، ސިއްހީ ދާއިރާ، ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް އަދި ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމާއި ގުޅޭ އެއްބަސްވުން ހިމެނެއެވެ.

H.E Wang Lixin @China_Amb_Mdv , Ambassador of Peoples Republic of China to Maldives paid a courtesy call on Hon. Min @MariyaDidi
— Ministry of Defence (@MoDmv) April 25, 2023
Discussions focused on strengthening defence cooperation and assistance. 🇲🇻 🇨🇳 @ChinaEmbassy_MV pic.twitter.com/DTDBBhei44
ޗައިނާ ސަފީރާއި މިނިސްޓަރ މާރިޔާ މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މިގޮތުން ޗައިނާއިން ފޯރުކޮށްދެވޭނެ އެހީއާއިި އެއްބާރުލުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު މިދިޔަމަހުވެސް ވަނީ މުހިއްމު 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހާރިޖީ ދާއިރާ، ސިއްހީ ދާއިރާ، ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް އަދި ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމާއި ގުޅޭ އެއްބަސްވުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު