އަހުމަދު މަސްނޫމް   25 އޭޕްރީލު 2023 - 18:15
ރައީސުލްޖުމްހޫރިއްޔާ އިިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ސިޔާސަތުތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް އެއް ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު ތައުރީފްކުރައްވައިފިއެވެ.

މަސީގެ ރައީސް އަދި ރާއްޖޭގައި ބޭރު އިންވެސްޓަރުންނާއެކު ގިނަ ވިޔަފާރިތަކެއް ހިންގަވާ ޖަނާއާއި ރައީސް ސާލިހު ވަނީ މިމަހު ބައްދަލުކުރެއްވުމެއް ބާއްވަވާފައެެވެ. މި ބައްދަލުކުރެއްވުން އޮތީ ޖަނާއާއި ބޭރުގެ އިންވެސްޓަރެއް އިތާފުށީގައި ހިންގާ ޥޯލްޑޮފް އެސްޓޯރިއާ ރިސޯޓްގައެވެ.

ރައީސް ސާލިހާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޖަނާހު ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައެވެ.

ޖަނާހު ވިދާޅުވީ ރައީސް ސާލިހުގެ މަސައްކަތްޕުޅުން ރާއްޖެއަކީ އިންވެސްޓަރުންނަށް ވަރަށް ފަހި މާހައުލަކަށް ހައްދަވައިދެއްވާފައި ވާކަމަށެވެ. އަދި ޖަނާވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.



މީޑިއާއަކާއި ވާހަކަދައްކަވަމުން ޖަނާހު ވިދާޅުވީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރއްވުމަށް ނިންމެވީ އެމަނިކުފާނަކީ ހެޔޮ އެކުވެރިޔެއް އަދި ހެޔޮ ވެރިޔަކަށް ވާތީކަމަށެވެ.

ޖަނާހުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ވިޔަފާރިވެރިން ގެންދަވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު