އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިތުރަށް މަޢުލޫމާތު ހޯދޭނެ ގޮތެއް ނެތް ޝަކުވާތައް ކޮމިޝަނުގައި ރަޖިސްޓްރީ ނުކުރަން ނިންމުމުގެ ސަބަބުން ކޮމިޝަނުގެ ވަސީލަތްތައް އެންމެ އެދެވޭ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.
އޭސީސީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުގައެވެ.
އޭސީސީގެ ރިޕޯޓްގައި ބުނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކޮށް، ދިވެހި މުޖުތަމަޢުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ކޮރަޕްޝަނުގެ ކުށްތައް ތަޙުޤީޤުކޮށް، އަދި ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ލިބޭ ގެއްލުންތަކާމެދު ޢާއްމުން ހޭލުންތެރިކުރުމަށްޓަކައި 2022 ވަނަ އަހަރުވެސް ކޮމިޝަނުން ގިނަ މަސައްކަތްތައްކޮށް ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްފައިވާކަމަށެވެ.
އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މަސައްކަތްކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެވި ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރެވުނުކަން ކޮމިޝަނުން ފާހަގަކުރެއެެވެ.
އޭސީސީން ބުނީ މިދިިޔަ އަހަރު ކޮމިޝަނަށް 758 ޝަކުވާ ހުށަހެޅިފައިވާއިރު 486 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އެހެންކަމުން، 2021 ވަނަ އަހަރާ އަޅާ ބަލާއިރު ކޮމިޝަނުގައި ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފައިި ކަމަށާއި އެއީ ކުރިން ކޮމިޝަނުގައި ރަޖިސްޓަރީކުރަމުންދިޔަ މެންޑޭޓަށް ނުފެތޭ މައްސަލަތަކާއި، އިތުރަށް މަޢުލޫމާތު ހޯދޭނެ ގޮތެއް ނެތް ޝަކުވާތައް ކޮމިޝަނުގައި ރަޖިސްޓްރީ ނުކުރަން ނިންމުމުންކަމަށް އޭސީސީން ބުނެއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮމިޝަނުގެ ވަސީލަތްތައް އެންމެ އެދެވޭ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދިޔަކަން އޭސީސީން ފާހަގަކުރެއެެެވެ.
2022 ވަނަ އަހަރު ކޮމިޝަނުން މާލޭގައި ހިންގި ތަޙުޤީޤުތަކުގެ އަދަދު 2021 ވަނަ އަހަރާ އަޅާ ބަލާއިރު ވަނީ 13 އިންސައްތަ އިތުރުވެފައެވެ. އަދި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީސް، އެސް.އާރު.އޯއިން ހިންގި ތަޙުޤީޤުތަކުގެ އަދަދު ވަނީ 34 އިންސައްތަ އިތުރުވެފައެވެ.
ފާއިތުވި އަހަރު ކޮމިޝަނުން ޕްރިލިމިނަރީ ތަޙުޤީޤު މަރުހަލާގައި 461 މައްސަލަ އިވެލުއޭޓްކޮށްފައިވެއެވެ. މީގެ ތެރެއިން 296 މައްސަލައަކީ ޕްރިލިމިނަރީ ތަހުޤީޤަށްފަހު ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކެވެ. އަދި ތަޙުޤީޤު މަރުހަލާގައި 138 މައްސަލަ ކޮމިޝަނުން ނިންމާފައިވެއެވެ. އެހެންކަމުން، 2022 ވަނަ އަހަރު ކޮމިޝަނުން ނިންމާފައިވަނީ 434 މައްސަލައެވެ. ނިމިދިޔަ އަހަރު ކޮމިޝަނުން ރަޖިސްޓަރީކުރި އަދަދާ އަޅާބަލާއިރު ނިންމި ނިސްބަތްވަނީ 14 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރު ކޮމިޝަނުން 49 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރިޔަށްގެންދާ ޑިއުޓީ ޕްރޮސކިއުޝަން މަރުހަލާއަށް ހުށަހަޅާފައިވެއެވެ. އަދި އަހަރު ނިމުނުއިރު ޑިއުޓީ ޕްރޮސިކިއުޝަނުގައި 73 މައްސަލަ ހިނގަމުންދިޔައެވެ.
ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި 25 މައްސަލައަކާ ގުޅިގެން 75.2 މިލިއަން ރުފިޔާ ހޯދަން އެދުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 18 މައްސަލައެއްގައި 35.3 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވެއެވެ.
2022 ވަނަ އަހަރު، ކޮމިޝަނުގެ ތަޙުޤީޤުތަކާ ގުޅިގެން 135 އެންގުމެއް ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ. އެއީ ޕްރިލިމިނަރީ މަރުހަލާއިން އެންގި 47 އެންގުމަކާއި ތަޙުޤީޤު މަރުހަލާއަށްފަހު އެންގި 88 އެންގުމެކެވެ.
އޭސީސީން ބުނީ ކޮމިޝަނުން އިސްލާހުކުރުމަށް އިދާރާތަކަށް އަންގާ އެންގުންތަކަށް ޢަމަލުކުރާ މިންވަރު ބަލައި މޮނިޓަރކުރުން ހަރުދަނާކުރުމަށްޓަކައި ކޮމިޝަނުގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސެކްޝަން ޤާއިމުކުރެވި އެސެކްޝަން ހިންގަން މިދިޔަ އަހަރު ފަށާފައިވާކަމަށެވެ.
މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 28 މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ 6.34 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 3.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައިވެއެވެ. މީގެ ތެރެއިން 2022 ވަނަ އަހަރު ހޯދުނު ފައިސާގެ އަދަދަކީ 248756ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު