ވާދޫ ޑަބްލިޔުޑީސީއަށް ހޮވުނު ލިއުޝާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ގދ.ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ހޮވުނު ލިއުޝާއަކީ އެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރި މެމްބަރެކެވެ.

އޭނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ހޮވުނީ އިތުރު ބޭފުޅަކު ވާދަނުކުރުމުންނެވެ.

ލިއުޝާ އަންހެނުންގެ ތަރައްޤީޢަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވިފައިވާއިރު، އޭނާ ވަނީ މިއަދު އެމްޑީޕީއަށް ސޮއިކޮށްފައެވެ.

އެމްޑީޕީއަށް ސޮއިކުރުމަށްފަހު އޭނާގެ ފޯމް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަދި އެ ދާއިރާގެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރައީސް މުހައްމަދު ސައީދާއެވެ.

އެމްޑީޕީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށްޓަކައި ޕާޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު