ޗާގޮސް މައްސަލައިގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީކަމަށް ބުނެ ދައުރުކުރަނީ "ފޭކު" ސިޓީއެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޗާގޮސްގެ ސިޔާދަތު މޮރިޝަސްއަށް އޮންނާނެކަން ދިވެހިރާއްޖެއިން ޤަބޫލުކުރިކަން އަންގަވައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީކަމަށް ބުނެ ސިޓީއެއް އާންމުކޮށްފައިވަނީ ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުންނެެވެ. މި ސިޓީ އާންމުކޮށް ހަސަން ކުރުސީ ބުނީ އެ ސިޓީއަކީ ރައީސް އޮފީހުގެ ތެރެއިން ލިބުނު ސިޓީއެއް ކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބަލައިގަތުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ކުރުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި މޮރިޝަސްގެ މުޅި ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އެޤައުމުން ކުރާ މަސައްކަތަށް ތާރީފުކުރައްވާކަމަށާއި، އެކަމުގައި ދިވެހި ސަރުކާރާއި ދިވެހިން ތިބީ އެ ޤައުމާއެކުގައި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީއާއި ގުޅިގެން "ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އެ ސިޓީއަކީ ފޭކު ސިޓީއެއް ކަމަށެވެ. އަދި ސިޓީގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީ ސަރުކާރުގެ ރަސްމީ ލެޓާހެޑު ނޫން ކަމަށާއި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ "ނޮންސެންސް" ނުވަތަ ތާކުންތާކުނުޖެހޭ ވާހަކަތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްގެ ފަރާތުން ހުށައަޅާފައިވާއިރު ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ނިމި އަންނަ ހުކުރު ދުވަހު އެމައްސަލައިގައި ހުކުމްކުރުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.
ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް އދ ގައި ވޯޓު ދިނުމަށް ނިންމި ނިންމުމުގެ ސަބަބުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

‼️ 🚨 Breaking News
— Hassan Kurusee (@HKurusee) April 24, 2023
Here’s the draft text of the letter President @ibusolih sent to the Prime Minister of Mauritius.
cc: @BondeM4 @waddey_ @Shiyamaldives @Adamshareefz @MohamedNasheed @Imthiyazfahmy @MDPSecretariat @ProgressPartyMV @MNP_Secretariat @PokmanMV @axanner @ShifxanAR… pic.twitter.com/s4lyUwz26B
އެ ސިޓީގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބަލައިގަތުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ކުރުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި މޮރިޝަސްގެ މުޅި ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އެޤައުމުން ކުރާ މަސައްކަތަށް ތާރީފުކުރައްވާކަމަށާއި، އެކަމުގައި ދިވެހި ސަރުކާރާއި ދިވެހިން ތިބީ އެ ޤައުމާއެކުގައި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީއާއި ގުޅިގެން "ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އެ ސިޓީއަކީ ފޭކު ސިޓީއެއް ކަމަށެވެ. އަދި ސިޓީގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީ ސަރުކާރުގެ ރަސްމީ ލެޓާހެޑު ނޫން ކަމަށާއި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ "ނޮންސެންސް" ނުވަތަ ތާކުންތާކުނުޖެހޭ ވާހަކަތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްގެ ފަރާތުން ހުށައަޅާފައިވާއިރު ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ނިމި އަންނަ ހުކުރު ދުވަހު އެމައްސަލައިގައި ހުކުމްކުރުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.
ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް އދ ގައި ވޯޓު ދިނުމަށް ނިންމި ނިންމުމުގެ ސަބަބުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު