ހޯޑެއްދޫއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ވާރޭނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހޯޑެއްދޫގައި ބޯ ފެން ހުސްވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ވާރޭ ފެނަަށް ބަރޯސާވެގެން އުޅޭ ހޯޑެއްދޫގެ އާންމު ތާނގީތަކުންނާއި ބައެއް ގެތަކުން ވަނީ ފެން ހުސްވެފައެވެ.
ފެން ލިބުން ދަތިވުމުން ހޯޑެއްދޫ ކައުންސިލުން ވަނީ އެ ރަށަށް ފެން ހަދިޔާކުރަންވެސް އެދިފައެެވެ. އަދި ކަމާއިބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ ހޯނޑެއްދޫއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ހޯނޑެއްދޫ ކައުންސިލުގެ އެދުމުގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު އެރަށަށް 20 ޓަނުގެ ފެން ފޯރުވައިދީފައިވާ ކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ފެން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައިގެ އިތުރުން އަމިއްލަ ޖަމުއިއްޔާއަކުން ވަނީ އެ ރަށަށް 300 ކޭސް ފެން ހަދިޔާކޮށްފައެވެ.
ހޯނޑެއްދޫއަށް ވާރޭ ނުވެހާތާ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ވަނީ ވެފައެވެ.
ފެނަކައިން ބުނީ ހޯނޑެއްދޫގެ އިތުރުން ފެން ބޭނުންވެގެން އަންގަމުންދާ އެހެން ރަށްރަށަށްވެސް ފެން ފޯރުކޮށްދިނުމުގެ މަަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު