މިއަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި 6698 ދަރިވަރުން އަދި އެސްއެސްސީ އިމްތިޙާނުގައި 6107 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި ރާއްޖޭގެ 244 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލްގައި ވެސް އޯލެވެލް އިމްތިޙާނު މިއަހަރު ބާއްވާއިރު މިއީ އެ ދެ ސްކޫލްގައި އިމްތިހާން ކުރިއަށްދާ ފުރަތަމަ ފަހަރެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިޙާނުތަކަށް ބޭނުންވާ އިމްތިހާން ކަރުދާސްތައް ސެންޓަރުތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިޙާނުގެ ކަންކަން ކުރުމަށް ޑިޕާޓަމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް އެހީވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންވެސް ޙަރަކާތްތެރިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު