ދިވެހިންގެ ތަނެއްކަމަށް ބައެއް މީޙުން ބުނަމުންދާ ޗާގޯސް ނުވަތަ ފޯޅަވަހި ހޯދާކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް މަސައްކަތެއް ނުކުރައްވާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖޭން އެގައުމަށް ނުރައްކާތެރި ކަންތައްތަކެއް ކޮށްދޭން އެއްބަސްވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޯޓުގައި ހިނގަމުންދާ މައްސަލައަކީ ޗާގޯސްއާއި ރާއްޖެއާ ދެމެދު ސަަރަހައްދީ ރޮނގު އެއްވެސް އިރެއްގައި ފާހަގަކޮށްފައި ނުވާތީ އެކަން ކުރުމަށް ކުރިއަށްދާ މައްސަލައެއްކަމަށެވެ.
ޝަރީފް ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމުގައި އެއްވެސް އިރެއްގައި، އެއްވެސް ސަރުކާރަކުން ދައުވާކޮށްފައި ނުވާކަމަށެވެ.
ޝަރީފް ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ސަބަބު ސާފުކޮށްދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަކީވެސް އޮޅުވާލުމަށް ހުށަހެޅި މައްސަލައެއްކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޗާގޯސް ނުވަތަ ފޯޅަވަހި ހޯދާކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް މަސައްކަތެއް ނުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޗާގޯސްއަކީ ކްރިސްޓިއަން ރައްޔިތުންގެ ތަނެއްކަމަށާއި، އެއީ ދިވެހިންނާއި ދިވެހިންގެ ދީނުގެ އެއް ނަސްލެއްގެ ބައެއް ނޫންކަމަށެވެ. ޝަރީފް ވިދާޅުވީ ޗާގޯސްގެ ބަހުސްކުރަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ނޫން ޤައުމެއްކަން ދެއްކުމަށާއި ސަރުކާރު ބަދުނާމު ކުރުމަށްކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން އުޅޭ މައްސަލައިގައި އަންނަ ހުކުރު ދުވަހު ގޮތެއް ނިންމާނެއެވެ.

Chagos aa Dhivehi Raajje aa dhemedhu sarahahdhee rogu evves iregga faaga koffa nuvaathee sarahahdhu vaki kurumuge masala ITOLOS ga hingamun dhanee. Chagos akee Raajje ge thaneh kamuga evves iregga evves sarukaarakun evves court egga dhauvaa koffa eh nei.
— Ibrahim Shareef (@AdduShareef) April 24, 2023
ޝަރީފް ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ސަބަބު ސާފުކޮށްދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަކީވެސް އޮޅުވާލުމަށް ހުށަހެޅި މައްސަލައެއްކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޗާގޯސް ނުވަތަ ފޯޅަވަހި ހޯދާކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް މަސައްކަތެއް ނުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޗާގޯސްއަކީ ކްރިސްޓިއަން ރައްޔިތުންގެ ތަނެއްކަމަށާއި، އެއީ ދިވެހިންނާއި ދިވެހިންގެ ދީނުގެ އެއް ނަސްލެއްގެ ބައެއް ނޫންކަމަށެވެ. ޝަރީފް ވިދާޅުވީ ޗާގޯސްގެ ބަހުސްކުރަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ނޫން ޤައުމެއްކަން ދެއްކުމަށާއި ސަރުކާރު ބަދުނާމު ކުރުމަށްކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން އުޅޭ މައްސަލައިގައި އަންނަ ހުކުރު ދުވަހު ގޮތެއް ނިންމާނެއެވެ.
ކިޔުންތެރިންގެ ހިޔާލު