ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، ޤާނޫނުގައިވާ ގޮތުގެމަތިން ޤާނޫނީ ދާއިރާއިން ބޭފުޅަކު އައްޔަންކުރަންޖެހެއެވެ.
ރައީސުލްޖުމްހުރިއްޔާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނި މ. ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީންއެވެ.
އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ދިޔައީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީނަކީ ފެމެލީ ލީގަލް ކްލިނިކް (އެން.ޖީ.އޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.
އަލްއުސްތާޛާ ފާޠިމަތު ޝިރުވީނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ކިޔުންތެރިންގެ ހިޔާލު