މަކުނުދޫ އެއަރޕޯޓްގެ ކުރެހުންތައް ނިންމާލައި، އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރަމުންދާއިރު، އެ އެއަރޕޯޓުގެ ޑިޒައިން މަސައްކަތްތައް ވަނީ ނިންމާފައެވެ. އަދި މިނިސްޓްރީން ވަނީ ކުރެހުންތައް ރަށު ކައުންސިލަށް މިހާރު ފޮނުވާފައެވެ.
މަކުނުދޫ ކައުންސިލުން ބުނީީ އެއަރޕޯޓުގެ ކުރެހުންތައް މިނިސްޓްރީން ކައުންސިލަށް ފޮނުއްވާފައިވާ ކަމަށާއި އަދި ކުރެހުންތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިނިސްޓްރީން އަންގާފައިވާކަމަށެވެ.
މަކުނުދޫ ކައުންސިލުން ބުނީީ ކުރެހުންތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު، ވަރަށް އަވަހަށް ފޮނުވާނެކަމަށެވެ.
މަކުނުދޫއަކީ، އެ އަތޮޅުގެ މީހުން ދިރިއުޅޭ އެހެން ރަށްތަކާ ވަރަށް ދުރުގައި އެކަހެރިކޮށް އޮންނަ ރަށެކެވެ. އެހެންކަމުން އެއަރޕޯޓަކީ އެރަށަށް ވަރަށް މުހިއްމު ތަނެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ޖެނުއަރީމަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ހދ. މަކުނުދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ.
1800 މީހުން ދިރިއުޅޭ މަކުނުދޫގައި އެއަރޕޯޓް އަޅަނީ ރަށުގެ ދެކުނުފަރާތުން ބިން ހިއްކައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު