ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ތާރު މަގުގައި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން ހަވާލުކުރީ މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ކުންފުންޏާ ކަމަށެވެ. އެއީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏެެވެ.



މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މާލޭ ސިޓީކައުންސިލުން ބުނީ މަގުތަކުން 32 ތަނެއް މަރާމާތުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ އިއުލާން ވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު