ކޮތަޅުން ނަގާ ފީ ބޮޑުވެ ރައްޔިތުން ބޮޑު ތަކުލީފެެއް އުފުލަންޖެހިފައިވާ މައްސަލަ ހައްލު ނުކޮށް މަޖިލިސް ޗުއްޓީއަށް ނުދިޔުމަށް ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމުން އެނިންމުމަށް އަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެގޮތުން ކޮތަޅު ފީގެ ގޮތުގައި ނަގާ 3 ރުފިޔާއާއި ފީގެ ގޮތުގައި ނަގަން ލާޒިމުކޮށްފައިވާ 2ރ. އާއެކު ޖުމްލަ ރައްޔިތުންގެ އަތުން ކޮތަޅަށް 5 ރުފިޔާ މިހާރު އަންނަނީ ނަގަމުންނެެވެ.
އެމައްސަލަ އާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ބުނެފައިވަނީ ކޮތަޅުގެ އަގުބޮޑުވެގެން މައްސަލަތަކެއް އުފެދިގެން އުޅެނީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރިއިރު މާއްދާއެއް އުނިކޮށްލުމުންކަމަށާއި، އެކަން އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ.
ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ކޮތަޅުގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށް ގާނޫނު އިސްލާހު ކުރުމަށް ގޮވާލައްވާފައެވެ. އަދި ގާނޫނު އިސްލާހުނުކޮށް މަޖިލިސް ޗުއްޓީއަށް ނުދިޔުމަށް ވެސް އާދަމް ޝަރީފް އިލްތިމާސްކުރެއްވިއެވެ.
"ކޮތަޅުގެ ގާނޫނު ރައްޔިތުންނަށް ސިފަވަނީ ޑްރެކިއުލާއަކަށް." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކޮތަޅުގެ އަގުބޮޑުވާން ދިމާވީ ޤާނޫނު ފާސްކުރިއިރު 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން އިސްތިސްނާކޮށްފައި އޮތް މާއްދާ މަޖިލީހުން އުނިކުރުމުންކަމަށެވެ. ޤާނޫނަށް ގެންނަ އިސްލާހާއެކު ކޮތަޅު އަގުބޮޑުވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Kothalhuge massalaigai @governmentmv ge stand avahah badhlukoh, qaanoon islaah kurumah govaalan! Adhi qaanoon islaah nukoh @mvpeoplesmajlis chuttee ah nudhiumah ilthimaas kuran.
— Adam Shareef Umar (@Adamshareefz) April 22, 2023
"Kothalhu Qaanoon" rayyithunnah sifavanee Dracula akah!
https://t.co/HVuhxx9Oi1 via @DhiyaresNews
"ކޮތަޅުގެ ގާނޫނު ރައްޔިތުންނަށް ސިފަވަނީ ޑްރެކިއުލާއަކަށް." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކޮތަޅުގެ އަގުބޮޑުވާން ދިމާވީ ޤާނޫނު ފާސްކުރިއިރު 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން އިސްތިސްނާކޮށްފައި އޮތް މާއްދާ މަޖިލީހުން އުނިކުރުމުންކަމަށެވެ. ޤާނޫނަށް ގެންނަ އިސްލާހާއެކު ކޮތަޅު އަގުބޮޑުވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު