ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހާ ބައްދަލުކުރައްވައިފި އެވެ.

ރަނިލްއާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ވޮޝިންޓަންގައި ކުރިއަށްދިޔަ ކްލައިމެޓް ފޯރަމްގައި ކުރިއަށްދިޔަ ކަންކަމާއި ގުޅޭގޮތުން ރަނިލްއާ މަޝްވަރާ ކުރެއްވި ކަމަށެވެ.



ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ މިމަހުގެ 12 އިން 17 އަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމާއި ގުޅިގެން ބޭއްވި ވަލްނަރަބްލް-20 މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެެ.



ކިޔުންތެރިންގެ ހިޔާލު