ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މުހިއްމު އަމާޒެއްކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ބިލިއަރޑް މުބާރާތް ފެށުމާއި ގުޅިގެނެވެ.
ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ބިލިއަރޑް މުބާރާތް 'މޯލްޑިވްސް އޯޕަން 2023 – 10 ބޯލް ޗެމްޕިއަންޝިޕް' ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ ޝާހިދެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސް ޞާލިހުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު ހޯދުމާއި ކުޅުންތެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ފެންވަރު ރަނގަޅުކުރުމަކީ މި މަސައްކަތުގެ މުހިންމު ބައެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރުތަކަށް ކުރިއެރުން ގެންނަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު މިދިޔަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ 9 ކުޅިވަރު މުބާރާތެއް ވަނީ ބާއްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މީގެކުރިން ރަށްރަށުގައި ޤާއިމްކޮށްފައިނުވާ އެތައް ވަސީލަތްތަކެއް ދަނީ ޤާއިމްކުރަމުންނެވެ.
ކުޅިވަރާއި ބެހޭ ވުޒާރާއިން ފާހަގަކުރާގޮތުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދީފައިވާކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

It was my pleasure to open “Maldives Open 2023-10 Ball Championship” - the first International Billiard Tournament in Maldives.
— Abdulla Shahid (@abdulla_shahid) April 22, 2023
The development of all sports across the Maldives is a top priority for President @ibusolih. And providing exposure to international tournaments,… pic.twitter.com/RlO0K3m5JX
ރާއްޖޭގެ ކުޅިވަރުތަކަށް ކުރިއެރުން ގެންނަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު މިދިޔަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ 9 ކުޅިވަރު މުބާރާތެއް ވަނީ ބާއްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މީގެކުރިން ރަށްރަށުގައި ޤާއިމްކޮށްފައިނުވާ އެތައް ވަސީލަތްތަކެއް ދަނީ ޤާއިމްކުރަމުންނެވެ.
ކުޅިވަރާއި ބެހޭ ވުޒާރާއިން ފާހަގަކުރާގޮތުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދީފައިވާކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު