ސަރުކާރުން ފެނުގެ ޚިދުމަތް ގާއިމްކޮށްފަައިވާ ރަށްރަށުގައި އެ ފެން ބޭނުންކުރުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު އިލްތިމާސް ކުރަށްވައިފިއެވެ.
ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވަނީ، ތަޣައްޔަރު ފެން ބޭނުންކުރުން ހުއްޓާލައި ސަރުކާރުން ފެނުގެ ޚިދުމަތް ދެމުންދާ ރަށްރަށުގައި އެ ފެން ބޭނުންކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ. ސަރުކާރުން ފޯރުކޮށްދޭ ފެން ބޭނުންކުރަންޖެހެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި، ތަޣައްޔަރު ފެން ބޭނުންކުރުމުގެ ސަބަބުން ސިއްހީގޮތުން ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"އަދިވެސް މި ނިޒާމްތައް (ފެނުގެ ނިޒާމް) ގާއިމްކުރުމަކުން އެފެން ބޭނުންކުރާ މިންވަރެއް އިތުރެއް ނުވޭ، އެއީ ސިއްހީގޮތުން ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަންތައްތަކެއް ހުރީ ފާހަގަކުރެވިފައި، އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން ސަރުކާރުން ފޯރުކޮށްދޭން ފެން ބޭނުންކުރަން." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ފެނަކަ އިން މިހާރުވެސް 80 ރަށުގައި ނަރުދަމާ އާއި 67 ރަށުގައި ފެނުގެ ނިޒާމް ބަލަހައްޓަމުންގެންދާ ކަމަށެވެ. ސައީދު ވިދާޅުވީ މިހާރު ރާއްޖޭގެ ރަށްރަށުގައި ގާއިމްކުރާ ނަރުދަމާ ނިޒާމް އެގޮތުގައި ބެލެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ފެނާ ނަރުދަމާ ނިޒާމް ހުރިހާ ރަށެއްގައި ގާއިމްކުރުން ކަމަށާއި މިހާރު ފެންނަނީ އެކަން ތަންފީޒުވަމުންދާތަން ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު