ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ދެ ހަފުތާގައި ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
އެމައްސަލައިގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުގައި ފެށުމަށް ނިންމައިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އޭގެފަހުން ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ތާވަލްކޮށްފައެވެ. އެގޮތުން ހެކިބަސް ނެގުމުގެ ދެ އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
މީގެ ކުރިން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލާފައިވަނީ އެމައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައެޅި ހުށައެޅުން ޔާމިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެކޯޓުގެ އަމުރެއްގެ ދަށުންނެވެެ. އެހެން ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ނިމިފައިވާތީ އެ އަމުރު މިހާރު ވަނީ ބާތިލްވެފައެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. ފުއްގިރި މައްސަލައިގެ ޝަރީއަތް ތާވަލްކޮށްފައިވާއިރު ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު