އޭސީތަކުގެ ފިނިހޫނުމިން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ‏ބުނި މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިކްތިމާސްކުރާކަމަށެވެ. އަދި ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯއިން ‏ބުނި، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށް އިލްތިމާސްކުރާކަމަށެވެ. މީގެއިތުރުން އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރއަށް އިސްކަންދިނުމަށްވެސް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.



އޭޕްރީލް އަދި މޭމަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައްކަމުގައި ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ސްޓެލްކޯއިން ބުނީ މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެެހެން ދުވަސްވަރާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު ވަނީ އިތުުރުވެފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު