މިދިޔަ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 9،003،324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ލިބިފައިވާކަމަށެވެ. މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175،485 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 މީހުންގެ ތެރެއިން، މާލެ ސިޓީން 1736 މީހުންނަށް، ބޮލަކަށް 3450 ރުފިޔާގެ ރޭޓުން މިމަހުގެ 20 ވަނަ ދުވަހު އެ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ.

މިދިޔަ ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު 20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 (ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް) ކިލޯ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެެ.

ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރިލް 2023ގެ ނިޔަލަށް   ބަހާ ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު