ސިފައިންނަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 131 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމްގެ ޓްވީޓްގައި ވަނީ ދިވެހި ސިފައިންގެ 131 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ސިފައިންގެ އެންމެހާ ވެރިންނަށާއި، އެންމެހާ ސިފައިންގެ ބޭކަލުންނާއި، ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް ތަހުނިޔާ ފޮނުއްވާފައެވެ.
ގާސިމް ވިދާޅުވީ ޝައްކެތް ނެތް ގޮތުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަކަމަށެވެ. އަދި ތާރީޚް ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ކެރޭ، ހިތްވަރުގަދަ، ޢަޒުމު ނުގުޑާ އަދި އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވާން ތައްޔާރަށް ތިއްބެވި ބައެއްކަން ކަމުގައި ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އަސްކަރިއްޔާއަކީ ދިވެހީންގެ ފަޚުރުވެރި ދިފާޢީ ބާރުކަމަށެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.

ދިވެހިސިފައިންގެ 131 ވަނަ އަހަރީދުވަހުގެ ތަޙްނިޔާ ސިފައިންގެ އެންމެހާ ވެރިންނަށާއި، އެންމެހާ ސިފައިންގެ ބޭކަލުންނާއި، ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް އަރިސް ކުރަމެވެ. ޝައްކެތްނެތް ގޮތުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނައެވެ. ތާރީޚް… pic.twitter.com/ykyB0LJ7TK
— Qasim Ibrahim (@qasimibrahim) April 21, 2023
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު