ސިފައިންގެ ގާބިލްކަން އިތުރުކުރުމަށްޓަކައި، މިދިޔަ އަހަރުގެ ތެރޭގައި ގިނަ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޝަމާލް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ 131ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައެެވެ.
އެ ހިތާބުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބުދު ﷲ ޝަމާލް ވިދާޅުވީ ދިވެހި ފަސްގަނޑުގެ މިނިވަންކަމާއި، އިސްތިގްލާލާއި، ސިޔާދަތު ނަގަހައްޓާ ދިފާއުކުރުމުގައި އަބަދުވެސް ސިފައިން ތިބޭނީ ކެރިގެން ހުޝިޔާރު ކަންމަތީ ތައްޔާރަށް ކަމަށެވެ. ސިފައިން އަބަދުވެސް އިސްކުރާނީ ރައްޔިތުންގެ ރައްކާތެރިކަމާއި، ގައުމީ މަސްލަހަތުކަމަށް ޝަމާލު ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި، ސިޔާދަތު ނަގަހައްޓާ ދިފާއު ކުރުމަށްޓަކައި، އަދި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށްޓަކައި، މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ މުހިންމު މަސައްކަތްތަކެއް ކުރެވުނުކަން ޝަމާލްގެ ޚިތާބުގައި ވަނީ ފާހަގަކުރަށްވާފައެވެ. އެގޮތުން ސިފައިންނަށް ހޯދަންޖެހޭ ވަސީލަތްތަކާއި، ތަމްރީންތަކާއި، ޒަމާނީ ހަތިޔާރާއި، އިކްއިޕްމަންޓާއި، އޮފަރޭޝަން ސެންްޓަރުތައް މިހާރު ގައުމީ ދިފާއީ ބާރުގައި ގާއިމް ކުރެވިފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެޕްސްޓޯން ޑޮކްޓްރީން ފާހަގަކުރާ ފުޅާ، އޮޕަރޭޝަން ރޯލަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ވެސް ކުރެވި އަދި މިހާރުވެސް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަން،" ޝަމާލުގެ ޚިތާބުގައިވެއެވެ.
މީގެ އިތުރުން ބޭރުގެ އަސްކަރިއްޔާތަކާއެކު މަސައްކަތް ކުރުމުން، އިތުރު ވަސީލަތްތައް ހޯޯދައި، އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައި، ގައުމުގެ ދިފާއީ ބާރު އިތުރުކުރުމަށް އިތުރު ފުރުސަތުތަކެއް ލިބޭކަން ޝަމާލުގެ ޚިތާބުގައި ވަނީ ފާހަގަކުރަށްވާފައެވެ. ގައުމީ ދިފާއީ ބާރުގެ ހިދުމަތުގެ އެންމެ މުހިއްމު އެއް އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދިޔުންކަމަށް ޝަމާލް ވިދާޅުވިއެވެ. އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ފާއިތުވި އަހަރު ވެސް ގިނަ ހަރަކާތްތަކަކާ، މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަމާލު ވަނީ ފާހަގަކުރަށްވާފައެވެ.
ގައުމީ ދިފާއީ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކުގައިކަމަށް ޝަމާލުގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު