މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަމީނުލް އިސްލާމް 29، އެވެ.
ކަރެކްޝަންސުން މިއަދު ބުނީ ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އަމީނުލް މަރުވި ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ މިއަދު 2:10 ގައި ކަމަށެވެ. އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ކަރެކްޝަންސުން ވަނީ ބުނެފައެވެ.
އަމީނުލް އިސްލާމަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫން ކަމަށް ކަރެކްޝަންސުން މައުލޫމާތުދެއެވެ.
އޭނާ މަރުވުމުން އެ ހާދިސާގެ މައުލޫމާތު ވަގުތުން ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު