ފިތުރު އީދު ދުވަހުގެ ސުފުރާމަތީގެ ފޮޓޯ ހިއްސާކޮށްގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ އީދު މަލާފަތް ޕްރޮމޯޝަންގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން ސުފުރާމަތީގެ ފޮޓޯ ހިއްސާކުރަން ޖެހެނީ ފޭސްބުކަށްކަމަށެވެ.
ފޮޓޯ ހިއްސާކުރާއިރު، ޕްރައިވެސީ ސެޓިން ހުންނަންވާނީ "ޕަބްލިކް"ގައެވެ. އަދި ފޮޓޯ ޕޯސްޓް ކުރާއިރު #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންޖެހެއެވެ.
ސްޓެލްކޯއިން ބުނީ މާދަމާރޭ 11:59އާ ހަމައަށް ފޮޓޯ ފޭސްބުކަށް ހިއްސާކުރެވޭއިރު، ފައިސާގެ އިނާމު ލިބޭނީ އެންމެ ގިނަ ފޭސްބުކް ލައިކް އަދި ޝެއާ ލިބޭ ފޮޓޯއަށްކަމަށެވެ.
މި ޕްރޮމޯޝަނުން 1 ވަނައަށް ދާ މީހަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، 2 ވަނައަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ. އަދި 3 ވަނަ އަށް ދޭން ނިންމާފައިވަނީ 2000 ރުފިޔާއެވެ.

Remember to keep your photo’s privacy setting as “public” and be sure to use #stelcoeidmalaafaiy .
— STELCO (@STELCOMALDIVES) April 20, 2023
Eid Mubarik ! pic.twitter.com/e6rCJqeh5N
ސްޓެލްކޯއިން ބުނީ މާދަމާރޭ 11:59އާ ހަމައަށް ފޮޓޯ ފޭސްބުކަށް ހިއްސާކުރެވޭއިރު، ފައިސާގެ އިނާމު ލިބޭނީ އެންމެ ގިނަ ފޭސްބުކް ލައިކް އަދި ޝެއާ ލިބޭ ފޮޓޯއަށްކަމަށެވެ.
މި ޕްރޮމޯޝަނުން 1 ވަނައަށް ދާ މީހަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، 2 ވަނައަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ. އަދި 3 ވަނަ އަށް ދޭން ނިންމާފައިވަނީ 2000 ރުފިޔާއެވެ.
ކިޔުންތެރިންގެ ހިޔާލު