ދިވެހި ސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތުގަައި ދެމި ތިބޭ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ދެއްވި މެސެޖެއްގައެވެ.

ރައީސް ސާލިޙު ވަނީ ސިފައިންގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓަރ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ފޮނުއްވާފައެވެ.



ރައީސް ސާލިޙު ވިދާޅުވީ ދިވެހި ސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތުގަައި ދެމި ތިބޭ ބައެއް ކަމަށެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. ސިފައިންގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

ސިފައިންގެ ޚިދުމަތް ފެށިފައިވަނީ އޭޕްރީލް 21، 1892 ގައެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 21 އެވެ.



ކިޔުންތެރިންގެ ހިޔާލު