ރައީސްކަންކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތާއި އެލަވަންސް ކުޑަކުރަންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑުވެފައިވާ ދުވަސްވަރެއްގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހައްގުވާ ޕެންޝަން ފައިސާ ފިޔަވައި އެކި ނަންނަމުގައި ދޭ އެލަވަންސްތައް ކަނޑާލަންޖެހޭކަމަށެވެ.
ޝަރީފް ވިދާޅުވީ މަހެއްގެ މައްޗަށް ކުރީގެ ރައީސުންނަށްދޭ އެލަވަންސް ރައީސްގެ މަޤާމުގައި ހުންނަ ފަރާތަށް ދޭ ވަރަށްވުރެ ބޮޑުކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދޭންވީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ދެބައިކުޅަ އެއްބައިކަމަށެވެ. އަދި އެނޫން ފައިސާއެއް ދިނުމަކީ ހަމަޖެހޭކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ދޭ އެލަވަންސް ކަނޑާލަންޖެހޭކަމަށާއި، އިޖްތިމާއީ މަސައްކަތުގެ ބަދަލުގައި ކުރީގެ ރައީސުން ކުރައްވަނީ ސިޔާސީ މަސައްކަތްކަމަށެވެ.

Dhaulathuge dharani bodu vefaivaa dhuvas varegga Raees kan kuraavaafa thibaavaa beyfulhunnah haggu vaa pension fiyaavaa eki nan namuga dhey allowance thah kadaalan jehey. Mahegge machah kureege Raeesunnah dhey allowance Raees ge magaamuga hunana faraathah vuren bodu
— Ibrahim Shareef (@AdduShareef) April 20, 2023
ޝަރީފް ވިދާޅުވީ މަހެއްގެ މައްޗަށް ކުރީގެ ރައީސުންނަށްދޭ އެލަވަންސް ރައީސްގެ މަޤާމުގައި ހުންނަ ފަރާތަށް ދޭ ވަރަށްވުރެ ބޮޑުކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދޭންވީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ދެބައިކުޅަ އެއްބައިކަމަށެވެ. އަދި އެނޫން ފައިސާއެއް ދިނުމަކީ ހަމަޖެހޭކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Kureege Raeesunnah dheyn vee RJ egge musaaraige 1/2 . Enoon ethah lakka rufiyaa allowance ge gothuga dhey gothakah othun hama eh nujehey
— Ibrahim Shareef (@AdduShareef) April 20, 2023
ޝަރީފް ވިދާޅުވީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ދޭ އެލަވަންސް ކަނޑާލަންޖެހޭކަމަށާއި، އިޖްތިމާއީ މަސައްކަތުގެ ބަދަލުގައި ކުރީގެ ރައީސުން ކުރައްވަނީ ސިޔާސީ މަސައްކަތްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު