131 ވަނަ ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ސިފައިންގެ 131 ވަނައަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރު، "ސިފައިންގެ ބަދަހިކަން: ޤައުމުގެ ހަމަޖެހުން" ވެސް އިޢުލާންކޮށް ދެއްވައިފައެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 33 ވަނަ ޢަދަދު ވެސް ނެރެދެއްވާފައި ވެއެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކްތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވި އެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު ކުރިއަށްގެން ގޮސްފަ އެވެ.

ސިފައިންގެ ޚިދުމަތް ފެށުނީ ފައިވަނީ އޭޕްރީލް 21، 1892 ގަ އެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 21 އެވެ.

މި އަހަރުގެ ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވެ އެވެ.

ސިފައިންގެ ޚިދުމަތް ފެށިފައިވަނީ އޭޕްރީލް 21، 1892 ގައެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 21 އެވެ.

މި އަހަރުގެ ސިފައިންގެ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަަކުރުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު