އަހުމަދު މަސްނޫމް   20 އޭޕްރީލު 2023 - 22:4
ފިޠުރު ޢީދުގެ މުނާސަބަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޤާސިމްގެ ތަހުނިޔާގެ މެސެޖުގައި ވަނީ ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހްނިޔާއާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނާއި، އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ފޮނުއްވާފައެެވެ.

"ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފިރޯދަތަކާއި، އަޅަމެންކުރި އެންމެހާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ހަޟްރަތުގައި ޤަބޫލުވެވިގެންވާ ހެޔޮ ޢަމަލުތައްކަމުގައި ލެއްވުން އެދި ދުޢާކުރަން." ގާސިމްގެ މެސެޖުގައިވެއެވެ.



ގާސިމް ވަނީ މި މަތިވެރި ޢީދުގައި އަޅަމެންގެ މެދުގައި އީމާންކަމާއި، އިޙްސާންތެރިކަމާއި، އެކުވެރިކަމާއި، އިސްލާމީ އަޚްވަންތަކަން އިތުރުކުރައްވައި، ދިންނަވާ ނަސީބު ލިބިގެންވާ ބަޔަކު ކަމުގައި އަޅަމެން އެންމެން ލެއްވުން އެދި ދުއާ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު