މާދަމަކީ މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ ދުވަސް އަދި ފިތުރު އީދު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ބައްދަލުވުމަށްފަހު އިއްވެވި ހަނދާއިބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ޝައްވާލު މަހުގެ ހަނދު ފެންނާން ހުންނާނެކަން އިތުބާރު ހުރި ފަލަކީ އިލްމުން އެނގޭ ކަމަށެވެ. އަދި, ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިވާ ކަމަށްވެސް މިިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން އޭޕްރީލް 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާއިބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.
މާދަމާއަކީ ފިތުރު އީދަށްވާއިރު ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން ރާއްޖޭގައި އޮންނާނެއެވެ.
ހުކުރު ދުވަހަކީ ފިތުރު އީދު ދުވަހަށްވުމާއެކު އެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު އަދި އާދިއްތަ ދުވަސްވެސް ބަންދުވާނެއެވެ.

1444ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދާބެހޭ ބަޔާން pic.twitter.com/djGJUAibiO
— Ministry of Islamic Affairs (@MVIaffairs) April 20, 2023
މާދަމާއަކީ ފިތުރު އީދަށްވާއިރު ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން ރާއްޖޭގައި އޮންނާނެއެވެ.
ހުކުރު ދުވަހަކީ ފިތުރު އީދު ދުވަހަށްވުމާއެކު އެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު އަދި އާދިއްތަ ދުވަސްވެސް ބަންދުވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު