ބޯފެން ފެން ލިބުން ދަތިވެގެން، ފެން ހަދިޔާކޮށްދޭން ގއ. ހޯނޑެއްދޫން އެދިއްޖެއެވެ.
ބޯފެން ނުލިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. އެގޮތުން ރޯދަމަސް ފެށުނު އިރުވެސް ފެނުގެ ދަތިކަން ކުރިމަތިވެފައިވާކަމަށް އެރަށުން ބުނެއެވެ.
ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ ރަށުގެ އާންމު ތާނގީތަކުންނާއި ބައެއް ގޭގެއިން ފެން ހުސްވެފައިވާއިރު، ވާރޭފެން ހުރި ގޭގެއިން ފެން ނަގަމުންދާތީ އެ ގެތަކުގައި ރައްކާކޮށްފައިވާ ވާރޭފެން ހުސްވާން ކައިރިވެފައިވާ ކަމަށްވެސް ކައުންސިލުން ބުނެވެ.
ފެން ލިބުން ދަތިވުމުން ގދ. ހޯނޑެއްދުއަށް ފެން ހަދިޔާ ކުރަން ބޭނުން ފަރާތްތަކަށް އެ ރަށު ކައުންސިލުން މިއަދު އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބޯފެން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ގުޅަން ކައުންސިލުން އެދިފައިވަނީ:
މުއާޒް މުހައްމަދު، ސެކްރެޓަރީ ޖެނެރަލް – 9192818؛
އިނާޔަތުﷲ ޢަބްދުއްސައްތާރު، ކައުންސިލް އެގްޒެކެޓިވް - 7915501 އަށެވެ.
ހޯނޑެއްދޫ ކައުންސިލުން ބުނީ އެ ރަށުން ބޯފެން ހުސްވިކަމުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށެވެ. ނަމަވެސް، އެ ކަމަށް މާ ބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާކަމަށްވެސް ހޯނޑެއްދޫއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު