މިސްރުގައި ބޭއްވި ގުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކު ފަހުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ.
މިޞްރުގައި ބޭއްވި 29 ވަނަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް" މުބާރާތުން ފަހުރުވެރި ކާމިޔާބީއެއް ހޯދީ އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝަޔާ ޒާހިރެވެ.
ޝަޔާ ވަނީ އެ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަހުރުވެރި 2 ވަނަ ހޯދާފައެެވެ. އަދި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޝަޔާއަށް އިނާމު ހަވާލުކޮށްދެއްވީ މިސްރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީއެވެ.
ފާޠިމަތު ޝާޔާ ޒާހިރު ހޯދި މި ކާމިޔާބީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޝާހިދު ކުރެއްވި ޓްވީޓްގައި ވަނީ މިޞްރުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 29 ވަނަ ބައިނަލްއަޤްވާމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚުރުވެރި 2 ވަނަ ހޯދައި، މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީގެ އަތްޕުޅުން އިނާމް ޙާސިލްކޮށް މުޅި ރާއްޖެއަށް ހޯދައިދިން ރީތި ނަމަށްޓަކައި ފާތިމަތު ޝަޔާ ޒާހިރަށް ތަހުނިޔާ ވިދާޅުވެފައެވެެ.

މިޞްރުގައި ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 29 ވަނަ ބައިނަލްއަޤްވާމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚުރުވެރި 2 ވަނަ ހޯދައި މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީގެ އަތްޕުޅުން އިނާމް ޙާސިލްކޮށް މުޅި ރާއްޖެއަށް ތިޔަހޯދައިދިން ރީތި ނަމަށްޓަކައި ފާތިމަތު ޝަޔާ ޒާހިރަށް…
— Abdulla Shahid (@abdulla_shahid) April 20, 2023
ޝާހިދު ކުރެއްވި ޓްވީޓްގައި ވަނީ މިޞްރުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 29 ވަނަ ބައިނަލްއަޤްވާމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚުރުވެރި 2 ވަނަ ހޯދައި، މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީގެ އަތްޕުޅުން އިނާމް ޙާސިލްކޮށް މުޅި ރާއްޖެއަށް ހޯދައިދިން ރީތި ނަމަށްޓަކައި ފާތިމަތު ޝަޔާ ޒާހިރަށް ތަހުނިޔާ ވިދާޅުވެފައެވެެ.
ކިޔުންތެރިންގެ ހިޔާލު