ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރެވޭނެ ނިޒާމެއް ހޯދަންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިހެން ވިދާޅުވީ ކޮތަޅުގެ އަގުބޮޑުވެގެން މައްސަލަތަކެއް އުފެދިގެން އުޅެނީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރިއިރު މާއްދާއެއް އުނިކޮށްލުމުންކަމަށާއި، އެކަން އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ ޕްލާސްޓިކް ކޮތަޅަކުން މިހާރު ނެގޭ ޓަކްސް ބޮޑުކަމަށް ވެދާނެކަމަށެވެ. އަދި ރައްޔިތުންނަށް އުފުލޭ ވަރުގެ ތަކުލީފަކަށް ނުވާނަމަ މިހާރު އޮތް ވަރަށް ވުރެ ކުޑަކުރުން ރަނގަޅު ކަމަކަށްވެސް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕްލަސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު ދަށްކުރެވޭނެ ނިޒާމެއް ވީހާވެސް އަވަހަށް ހޯދަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.



ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްކޮށް އަބަދަކު ނުތިބެވޭނެކަމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ދުނިތޭގެ ހުރިހާ ކަންކޮޅަކުން މަސައްކަތްކުރަމުންދާކަމަށެވެ.

ޝަރީފް ވިދާޅުވީ މިވަގުތު ޕްލާސްޓިކުން ނަގާ ޓެކްސް ދަށްކުރިނަމަވަސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރަންޖެހޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު