ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް އަބްދުﷲ ޔާމީނަށް ހުރަހެއް ނެތްކަމަށް އޮތީ އަންގާފައިކަމަށާއި، އެހެންކަމުން އިތުރު ކެނޑިޑޭޓަކާއިމެދު ޕާޓީން ވިސްނާކަށް ނޫޅޭކަމަށް ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމުން އެހެން ކެނޑިޑޭޭޓެއް ނެރުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.
ޕީޕީއެމްގެ ލީޑަރޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަމަށާއި، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރަން ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާކަމަށެވެ. އެހެންކަމުން އިތުރު މީހަކު ކެނޑިޑޭޓެއްގެ ގޮތުގައި ނެރެން މަސައްކަތްކުރަންޖެހޭ ހާލަތެއް ނެތްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް ޓިކެޓް އަރުވާފައި ވަނީ ޑިމޮކްރަޓިކް އުސޫލުން. ދެ ޕާޓީގެ ސެނެޓުން ފާސްކޮށްގެން. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިގަތުމާއި މެދު ހުރަހެއް ނެތްކަމަށް. އެހެންވީމަ އެހެން ކެނޑިޑޭޓަކާއި މެދު ވިސްނަންކެހޭ ހާލަތެއް ނެތް. ދެ ކެނޑޮިޑޭޓުން އެއް ޕާޓީއަކުން ނުނެރޭނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ނަންފުޅު ވޯޓް ކަރުދާހުގައި އޮންނާނެކަމަށާއި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށެވެ.
"އެ މަނިކުފާނު މިނިވަންވެގެން ވަޑައިގަންނަވާއިރު އަޅުގަނޑުމެން ތިބޭނީ އެ މަނިކުފާނަށް މި ގޮނޑި ކަށަވަރުވާ ވަރަށް ކެމްޕެއިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައި،" އަދުރޭ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ އާރަށުގެ މައްސަލާގައި ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ނުފެށި ލަސްވުމުމާއި ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ޕާޓީން ކުރަމުންދާނޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު