ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން މަޖިލީހުގައި އޭނާ ދެއްކި ވާހަކަ އޮޅުވާލައިގެން ބައެއް މީޑިއާތަކުން "ގޭސް އަނބުރަމުން" ދާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގައި އިއްޔެ އޭނާ ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވީ އެއްފަހަރާ ބިދޭސީން ކަނޑާ ބޭރުކޮށްފިނަމަ ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާނެ ވާހަކަ ކަމަށެވެ. އަދި ބިދޭސީން ތިބި ވަޒީފާތަކަށް ދިވެހިން ނެގޭނީ އެމީހުން ތަމްރީން ކޮށްގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

.

ޝަރީފް ވިދާޅުވީ ބޭނުންވާ ވަރަށް ދިވެހިން ތަމްރީން ނުކޮށް ބޭރު މީހުން ފޮނުވާލައިގެން 5 ތަރީގެ ޓޫރިޒަމެއް ނުހިންގޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ބޭނުންވާ ދާއިރާތަކުން ދިވެހިން ތަމްރީން ކުރަންވީކަމަށެވެ.

.

ޝަރީފް ވިދާޅުވީ އިންޓަރނޭޝަނަލް ހޮޓެލް ޗެއިންތަކަށް އެމީހުންގެ ސްޓޭންޑަރޑް ނުހިފެހެއްޓެންޏާ ރާއްޖޭގައި އިންވެސްޓްކޮށްގެން ނުތިބޭނެކަމަށެވެ.

ބޭނުންވާ ވަރަށް ދިވެހިން ނުހޯދައި ބޭރު މީހުން ފޮނުވާލައިފިނަމަ ފަތުރުވެރިކަމުގައި ރާއްޖެ ދާނީ 70 އަހަރު ފަހަތަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު