ހއ. ހޯރަފުށީގައި ސަރުކާރުން އަޅާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން ހއ. ހޯރަފުށީގައި އަޅާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން ބޮޓްލިން ޕްލާންޓްގެ މެޝިން އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ބައެއް ރޯ މެޓީރިއަލް ނުވަތަ ވަސީލަތްތައް މިހާތަަނަށް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެސް އެ ޕްލާންޓްގެ ފެން ދިވެހި ބާޒާރަށް ނެރެވޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"ވަރަށް ތަފާތު ޕްލާންޓެއް އެއީ، އަޅުގަނޑަށް ދެންނެވޭނީ ވަރަށް ބޮޑު އިންގިލާބެކޭ އެދާއިރާއަށް އަޅުގަނޑުމެންނަށް ގެނެވެނީ. އެއީ މުޅިން އާ ޕްލާންޓެއް. ބިއްލޫރި ފުޅީގައި 1000 އެމްއެލްގެ ފުޅިއާއި 18 ލީޓަރުގެ ބޮޑު ފުޅި އަޅުގަނޑުމެން ބާޒާރަށް މި ނެރެނީ، އެންމެ މި ޒަމާނުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓެއް އެއީ، ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމި މެޝިން ވެސް އިންސްޓޯލްކޮށް ނިމިފައި ހުރީ." ސައީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު