ކޮތަޅުގެ އަގުބޮޑުވެގެން މައްސަލަތަކެއް އުފެދިގެން އުޅެނީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރިއިރު މާއްދާއެއް އުނިކޮށްލުމުންކަމަށާއި، އެކަން އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިހެން ބުނީ ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑީގެ އަގު ކުރިއަށްވުރެ ވަރަށް ބޮޑަށް އުފުލިފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކޮތަޅުގެ އަގުބޮޑުވާން ދިމާވީ ޤާނޫނު ފާސްކުރިއިރު 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން އިސްތިސްނާކޮށްފައި އޮތް މާއްދާ މަޖިލީހުން އުނިކުރުމުންކަމަށެވެ.
މަޖިލީހުން އެ މާއްދާ އުނިކޮށްފައި ފޮނުވިނަމަވެސް ކުނި މެނޭޖްކުރުމުގެ ޤާނޫނަކީ މުހިއްމު ޤާނޫނަކަށްވުމުން މަޖިލީހަށް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި ޤާނޫނު ތަސްދީީގުކުރުމަށްފަހު ޤާނޫނަށް އިސްލާޙު ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ. ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން އިސްތިސްނާވާނެކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ޤާނޫނަށް ގެންނަ އިސްލާހާއެކު ކޮތަޅު އަގުބޮޑުވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު