ކޮވިޑު ޖެހިގެން އަހަރު ނުވާ ހަ ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.
ކޮވިޑު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު އަނެއްކާވެސް އެބަލީގެ ނުރައްކާ މިހާރު ދަނީ ބޮޑުވަމުންނެެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް މިރޭ ވިދާޅުވީ ކޮވިޑް ޖެހިގެން މި ވަގުތު އެނދުމަތިކޮށްގެން ފަރުވާދެމުންދާ އެއް އަހަރު ނުވާ ހަ ތުއްތު ކުއްޖަކު އެބަތިބި ކަަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކުދިން ކޮވިޑް ހުމާއެކު ފިޓު ޖެހިގެން ފަރުވާދެމުންދާ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވަނީ ގޭގައި ހާއްސަކޮށް އެއް އަހަރު ނުވާކުދިން ތިބިނަމަ، އެ ކުދިންގެ ރައްކަލަކަށް އެންމެން ވެސް ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަށްވާފައެެވެ.
އެޗްޕީއޭއިން މިދިޔަ ހޯމަ ދުވަހު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 148 މީހަކު ވަނީ އޭގެ ކުރީ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 100 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި 11 މީހަކު އަތޮޅު ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެ ބަލީގެ 37 ކޭސް ފެނިފައި ވަނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު