ބާޒާރަށްދާއިރު ގެއިން އަމިއްލަ ކޮތަޅު ގެންދިއުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އިލްތިމާސްކުރައްވައިފިއެވެ.
އިކްރާމް މިކަމަށް އިލްތިމާސްކުރެއްވީ ކޮތަޅުން 2 ރުފިޔާ ނަގަން ފަށާފައިވާތީ އެ ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ގޮވާލެއްވުމުންނެވެ.
ޒައިދު ވިދާޅުވީ ކޮންމެ ކޮތަޅަކަށް ރައްޔިތު މީހާ 5 ރުފިޔާ ދެއްކުމަކީ ޢާއިލާތައް އިތުރަށް ބިކަވާނެ ކަމެއްކަމަށެވެ. އަދި ޢާންމުންނަށް ނޫފުލޭ ތަކުލީފު ނުޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ޒައިދު ވަނީ ގޮވާލައްވާފައެވެ.
"ކޮތަޅާ ބެހޭ މި ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ! ކޮންމެ ކޮތަޅަކަށް ރައްޔިތުމީހާ 5 ރުފިޔާ ދެއްކުމަކީ ޢާއިލާތައް އިތުރަށް ބިކަވާނެ ކަމެއް! ޢާންމުންނަށް ނޫފުލޭ ތަކުލީފު ނުޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! ވ ދެރަކަންކަން މިހުންނަނީ." ޒައިދު ވިދާޅުވިއެވެ.
އިކްރާމް ވަނީ ޕްލާސްޓިކް ކޮތަޅު ގެންގުޅުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަކަށް ވާއިރު ކޮތަޅު ގެންގުޅެެން ހިއްވަރުނުދެއްވުމަށް ޒައިދަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިކުރަން ދާއިއިރު ގެއިން ކޮތަޅު ހިފައިގެން ދިއުމަށްވެސް އިކްރާމް އިލްތިމާސްކުރެއްވިއެވެ.
ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކު ކޮތަޅުން ދެ ރުފިޔާ ނަގަން ފެށީ އިއްޔެއެވެ.
ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ފާސްކޮށްފައިވަނީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގައެވެ.

Plastic kothalhu gengulhumakee raajjeyge naazuku thimaavettah gellun libey kamakah vaa iru alun e gengulhen hivvaru nudhevaa. Viyafaari kuran dhaa iru gein kothalhu hifaigen dhiyumah aadhakuravvaa.
— Ikram Hassan MP (@ikramhassan) April 19, 2023
ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކު ކޮތަޅުން ދެ ރުފިޔާ ނަގަން ފެށީ އިއްޔެއެވެ.
ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ފާސްކޮށްފައިވަނީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގައެވެ.
ކިޔުންތެރިންގެ ހިޔާލު