ކޮތަޅުން ނަގާ ފީ ބޮޑުކުރުމަށް ނިންމައި، ގެނައި ބަދަލާއިއެކު އާންމު ރައްޔިތުންގެ އަތުން ކޮތަޅަށް ހޭދަވާ ފައިސާގެ އަދަދު އިތުރުވެފައިވާތީ އެ ނިންމުން އަލުން މުރާޖާ ކުރުމަށް ދީނި އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމާއި ގުޅިގެން އިއްޔެއިން ފެށިގެން ވަނީ އެނިންމުމަށް އަމަލުކުރަން ފަށާފައެވެ. އެ ނިންމުމާއެކު ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު އިއްޔެއިން ފެށިގެން ހަތަރު ގުނަ ވަނީ ބޮޑުވެފައެވެ. އެގޮތުން ކޮތަޅު ފީގެ ގޮތުގައި ނަގާ 3 ރުފިޔާއާއި ފީގެ ގޮތުގައި ނަގަން ލާޒިމުކޮށްފައިވާ 2ރ. އާއެކު ޖުމްލަ ރައްޔިތުންގެ އަތުން ކޮތަޅަށް 5 ރުފިޔާ މިހާރު އަންނަނީ ނަގަމުންނެެވެ.
އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވީ ކޮތަޅުން ބޮޑު ފީއެއް ނެގުމަށް ސަރުކާރުން ނިންމި ނިންމުމަކީ އޭގައިން ގިނަ އާންމު ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމެއްކަމަށެވެ. އާއިލާތަށް އިތުރަށް ނިކަމެތި ކުރުމަށްޓަކައި ނިންމާ މިފަދަ ނިންމުންތައް އަލުން މުރާޖާ ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.
"ކޮންމެ ކޮތަޅަކަށް ރައްޔިތުމީހާ 5 ރުފިޔާ ދެއްކުމަކީ ޢާއިލާތައް އިތުރަށް ބިކަވާނެ ކަމެއް، ޢާންމުންނަށް ނޫފުލޭ ތަކުލީފު ނުޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! ވަރަށް ދެރަކަންކަން މިހުންނަނީ،" ޒައިދު ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅުން ސަރުކާރުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމަށް ކަމަށް ބުނެއެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމި ނަމަވެސް، ބައެއް ހާލަތްތަކުގައި އެ ފީ އިސްތިސްނާވާނެ ކަމަށް ޤާނޫނުގައި ވެއެވެ. އެގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެކަމަށް ޤާނޫނުގައިވެއެވެ.

ކޮތަޅާ ބެހޭ މި ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ! ކޮންމެ ކޮތަޅަކަށް ރައްޔިތުމީހާ 5 ރުފިޔާ ދެއްކުމަކީ ޢާއިލާތައް އިތުރަށް ބިކަވާނެ ކަމެއް! ޢާންމުންނަށް ނޫފުލޭ ތަކުލީފު ނުޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! ވ ދެރަކަންކަން މިހުންނަނީ! https://t.co/7IEfph910F
— Ali Zaid (@alizaid1000) April 19, 2023
"ކޮންމެ ކޮތަޅަކަށް ރައްޔިތުމީހާ 5 ރުފިޔާ ދެއްކުމަކީ ޢާއިލާތައް އިތުރަށް ބިކަވާނެ ކަމެއް، ޢާންމުންނަށް ނޫފުލޭ ތަކުލީފު ނުޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! ވަރަށް ދެރަކަންކަން މިހުންނަނީ،" ޒައިދު ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅުން ސަރުކާރުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމަށް ކަމަށް ބުނެއެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމި ނަމަވެސް، ބައެއް ހާލަތްތަކުގައި އެ ފީ އިސްތިސްނާވާނެ ކަމަށް ޤާނޫނުގައި ވެއެވެ. އެގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެކަމަށް ޤާނޫނުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު