މި އަހަރުގެ ފިތުރު އީދު ނަމާދު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައިކުރުމަށް ނިންމާފައިވާކަމަށް އަރބަންކޯއިން ހާމަކޮށްފިއެވެ.
އީދު ނަމާދުގެ ބޮޑު ދެ ޖަމާއަތް ހެދުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހީގައި ވަކިންނެވެ.
އެގޮތުން ފޭސް އެކެއްގައި ބޮޑު ޖަމާއަތް ހެދުމަށް ކަނޑައަޅާފައި ވަނީ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ. އެ ސަރަހައްދަށް އާންމުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޖަމާއަތަށް އަންހެނުންނާއި ފިރިހެނުން ވަކިން ވަނުމަށް ދެ އެންޓްރޭންސް ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރަށް އެ ގަޑީގައި އެ ސަރަހައްދުގެ ބައިބޯވުން އިތުރުވެ ޓްރެފިކްގައި ދިމާވެދާނެ ދަތިތައް ހައްލުކުރުމަށްޓަކައި ސައިކަލު ޕާކުކުރުމަށް ސެންޓްރަލް ޕާކު ސަރަހައްދު ވަނީ ކަނޑައަޅާފައެވެ.

ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާއަތް ހެދުމަށް ކަނޑައަޅާފައި ވަނީ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޖަމާއަތަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ފޭސް 1 އަދި 2 ގައި ވެސް އާންމުންނަށް ވުލޫކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު