ޝަރީޢަތް ލައިވްކުރުމުން ޖުޑީޝަރީ ހިނގަމުންދާ ގޮތް ރައްޔިތުންނަށް ސާފުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރ. ފުއްގިރި މައްސަލައިގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ބަހުސްކުރަން ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްވަން ކުރީގެ ރައީސް ޔާމީނަށް ފުރުސަތު ނުދެއްވުމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރީގެ މައްސަލަ ލައިވްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ދަންނަވާފައިވާނެކަމަށެވެ. އަދި އެކަން ކޮށްދެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ ޝަރީޢަތް ލައިވްކުރުމުން ޖުޑީޝަރީގެ ނިޒާމްގެ ކަންކަން ހިނގަމުންދާ ގޮތް އާއްމުންނަށް އެނގޭ މިންވަރު އިތުރުވާނެކަމަށެވެ.
"ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރީގެ މައްސަލަ ލައިވްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ދަންނަވާފައިވާނެ. އެކަން ކޮށްދެއްވުމަށް އިލްތިމާސްކުރަން. ޝަރީޢަތް ލައިވްކުރުމުން ޖުޑީޝާރީގެ ނިޒާމްގެ ކަންކަން ހިނގަމުންދާ ގޮތް އާއްމުންނަށް އެނގޭ މިންވަރު އިތުރުވާނެ." ޝަރީފް ވިދާޅުވިއެވެ.
ރ. ފުއްގިރި މައްސަލައިގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ބަހުސްކުރަން ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްވަން ކުރީގެ ރައީސް ޔާމީނަށް ފުރުސަތު ނުދެއްވީ ރައީސް ޔާމީން ވާހަކަދައްކަވަން ބޭނުންވި މައްސަލައިގައި ކްރިމިނަލް ކޯޓުން މީގެކުރިން ގޮތެއް ނިންމަވާފައި އޮތުމުންނެވެ.
އެގޮތުން ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަދި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަހްމަދު ޝަކީލް ނިންމެވީ ރައީސް ޔާމީންގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ގާޒީ ޝަކީލް މައްސަލަ ކުރިން ކުރިއަށް ގެންދިޔަ ހިސާބުން މައްސަލަ ކުރިއަށް ގެންދިއުމަށްވެސް ގާޒީ ނަދީމު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު