ހަސަން ކުރުސީ ނަމުގައި ޓްވިޓަރ އެކައުންޓް ހިންގާ މީހެއް ފުލުހުންނަށް ނުހޯދޭނެކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕޮލިހަށް ހުށަހެޅުއްވުމުންނެވެ.
ރައީސް ނަޝީދު މިއަދު ވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓްގެ މައްސަލަ ޕޮލިހަށް ހުށަހަޅުއްވާފައެވެ.
ޕޮލިހަަށް ހުށައެޅުއްވި މައްސަލައިގައި ނަޝީދު ވިދާޅުވީ ހަސަން ކުރުސީގެ އެކައުންޓަކީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެއް ކަމަށް މީހުން ތުހުމަތުކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ގެއްލުން ލިބެމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެ ޓްވިޓަރ އެކައުންޓްގެ އަސްލު ހޯއްދަވައިދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ނަޝީދު ފުލުހުންނަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްްޓަރ މަލީހު ޖަމާލު ވިދާޅުވީ ކުރުސީ އެކައުންޓަކީ މިހާރު ރައީސް ނަޝީދު އޮޕަރޭޓް ކުރައްވާ އެކައުންޓެއް ނޫންކަމާއިމެދު ޝަައްކެއް ނެތްކަމަށެވެ.
މަލީހު ވިދާޅުވީ އެ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ ޤާބިލުކަން ފުލުހުންގެ އައިޓީ ޑިޕާރޓްމަންޓުގައި މިވަޤުތު ނުހުންނާނެ ކަމަށެވެ. އަދި އެކަމުގެ މަގެއް ހޯދަން ބޭނުންފުޅިއްޔާ އެހީތެރިކަން ފޯރުކޮށް ދެވިދާނެކަމަށްވެސް މަލީހު ވިދާޅުވިއެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓަކީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކައުންޓެކެވެ. އަދި އެ އެކައުންޓުން އެކި މީސްމީހުންނަށް ބޮޑެތި ތުހުމަތުތައްވެސް ކޮށްފައި ހުރެއެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެކެވެ.

އެއްވެސް ޝައްކެއްނެތް ކުރުސީ އެކައުންޓަކީ މިހާރު ރައީސް ނަޝީދު އޮޕަރޭޓް ކުރައްވާ އެކައުންޓެއް ނޫން. އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ ޤާބިލުކަން ފުލުހުންގެ އައިޓީ ޑިޕާރޓްމަންޓުގައި މިވަޤުތު ނުހުންނާނެ. އެކަމުގެ މަގެއް ހޯދަން ބޭނުންފުޅިއްޔާ އެހީތެރިކަން ފޯރުކޮށް ދެވިދާނެ. pic.twitter.com/Ic3JZiiJuS
— Mohamed Maleeh Jamal (@maleehjamal) April 18, 2023
ނަޝީދު ފުލުހުންނަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްްޓަރ މަލީހު ޖަމާލު ވިދާޅުވީ ކުރުސީ އެކައުންޓަކީ މިހާރު ރައީސް ނަޝީދު އޮޕަރޭޓް ކުރައްވާ އެކައުންޓެއް ނޫންކަމާއިމެދު ޝަައްކެއް ނެތްކަމަށެވެ.
މަލީހު ވިދާޅުވީ އެ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ ޤާބިލުކަން ފުލުހުންގެ އައިޓީ ޑިޕާރޓްމަންޓުގައި މިވަޤުތު ނުހުންނާނެ ކަމަށެވެ. އަދި އެކަމުގެ މަގެއް ހޯދަން ބޭނުންފުޅިއްޔާ އެހީތެރިކަން ފޯރުކޮށް ދެވިދާނެކަމަށްވެސް މަލީހު ވިދާޅުވިއެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓަކީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކައުންޓެކެވެ. އަދި އެ އެކައުންޓުން އެކި މީސްމީހުންނަށް ބޮޑެތި ތުހުމަތުތައްވެސް ކޮށްފައި ހުރެއެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެކެވެ.
ކިޔުންތެރިންގެ ހިޔާލު