ރ. އިނގުރައިދޫގައި ހެލްތު ސެންޓަރެއް އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރ. އިނގުރައިދޫގައި ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 76 މިލިއަން ރުފިޔާއަށެވެ. އަދި ކޮންޓްރެކްޓުގައި ސޮއި ކުރާތާ 540 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ.



ރ. އިނގުރައިދޫގައި ހެލްތު ސެންޓަރެއް އެޅުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާފައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު އަސްލަމެވެ.



ކިޔުންތެރިންގެ ހިޔާލު