މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުމުން ކަރަންޓް ބޭނުންކުރުމުގައި ސަމާލުކަންދޭން ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

އޭޕްރީލް އަދި މޭމަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައްކަމުގައި ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ސްޓެލްކޯއިން ބުނީ މި ދުވަސްތައް ރޯދަމަހާއި ދިމާވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެެހެން ދުވަސްވަރާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު ވަނީ އިތުުރުވެފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.



މިކަންކަން މިހެން ހުރުމުން ސްޓެލްކޯއިން ވަނީ ކަރަންޓް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓް އިޤްތިޞާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު