އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ މައްސަލަ ބަލަމުންދާކަމަށާއި، އެ ގްރޫޕްގެ ހަވާލުގައި ރާއްޖެއިން އުމްރާގެ އަޅުކަމަށް ރޯދަމަހު ގެންދިޔަ އުމްރާވެރިންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ދެއްވައިފިއެވެ.
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި މިއަހަރުގެ ރަމަޟާންމަހު 138 މީހަކު އުމްރާއަށް ގޮސްފައިވާއިރު، އެމީހުން ހައްޖަށް ގެންދަން ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ޗެކުތައް ވަނީ ބައުންސްވެފައެވެ. އެހެންކަމުން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 138 މީހުން އަނބުރާ ރާއްޖެ ނާދެވުމުގެ ބިރު ވަނީ ހީވެފައެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ މައްސަލަ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އަދި ސަޢުދީގައި ތިބި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން މެދުވެރިކޮށް އެ ޖަމަޢާތުގެ އިސްވެރިންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ ޤުރޫޕުން އުމްރާވެރިން ރާއްޖެ ނުގެނެވޭނެ ހާލަތެއްް މެދުވެރިވި ނަމަވެސް އުމްރާވެރިން ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށެެވެ. އަދި އޮންނަ އުސޫލުތަކުގެ ދަށުން އަަޅަންޖެހޭ ފިޔަވަޅުތައް އެ ގުރޫޕަށް އަޅާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖާއި އުމްރާއަށް ގެންދާ ގްރޫޮޕްތަކުގެ ފަރާތުން ގިނަ މައްސަލަތަކެއް ފާހަގަވަމުންދާއިރު، މިކަންކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެއް ނުފެނެވެ.

ކިޔުންތެރިންގެ ހިޔާލު