ބްރިޖްގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިދީފައިނުވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން މިހެން ވިދާޅުވީ، ބްރިޖުގެ މަސައްކަތްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވޭތޯ ވިދާޅުވެ މަޖިލީހުގެ މެމްބަރަކު މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ބްރިޖުގެ މަސައްކަތްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވޭތޯ ސުވާލުކުރީ މަޖިލީހުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަސްލަމް ވިދާޅުވީ ބްރިޖުގެ މަސައްކަތްކުރާ ކުންފުނި ވިއްކާލިނަމަވެސް އެކަމުގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަސަރުކުރާނެ ސަބަބެއް ނެތްކަމަށެވެ. އަދި ބޮޑެތި ކުންފުނިތަކުން ޙިއްސާ ވިއްކުމަކީ ކުރަމުން އަންނަ ކަމެއްކަމަށާއި ނަމަވެސް ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ވިއްކާލިނަމަވެސް ރާއްޖޭގެ މަޝްރޫޢުތަކަށް އަސަރު ނުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
"ކޮންޓްރެކްޓް އޮތީ ފުރަތަމަވެސް ހެދި ތާރީޚުތަަކަށް. އިތުރަށް ވަގުތު އިތުރުކޮށް އެކްސްޓެންޝަންއެއް ދީފައެއް ނުވާނެ. ނަމަވެސް ކޮންޓްރެކްޓަރަށް ކްލެއިމް ކުރެވިދާނެ ކަމެއް ހުރެދާނެ. އެ ހާލަތުގައި ގޮތް ނިންމާނީ އިންޖިނިއަރުންގެ އެހީގައި" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުުވީ ބްރިޖުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށެވެ.
ބްރިޖުގެ އިތުރުން އައްޑޫ ސިޓީގެ މަގު ހެދުންވެސް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެވެ. ހަބަރުތައް ބުނާގޮތުން މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކެއް ހައްލުކުރުމަށްޓަކައި އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއި، އަދި އެހެން ބައެއް އެސެޓްތައް ވިއްކާުލުމަށް ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އެކަމުގައި އަދި ވަކިގޮތެއް ނުނިންމައެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.
ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ހަވާލުކޮށްފައި އޮތް އެފްކޮންސް ކުންފުންޏާއި އެހެން ބައެއް އެސެޓްތައް ވިއްކާލައިގެން ބިލިއަނަރު ޝަޕޫރު މިސްޓްރީއަށް 2 ބިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއެވެ.
އެފްކޮންސްއިން އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މަޝްރޫއުތައް ކުރިއަށްގެންދާއިރު، މިހާރުވެސް 25 ގައުމެއްގައި އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އެހެންކަމުން ކުންފުނި ވިއްކާލައިފިނަމަ މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔަށް އަސަރުކުރާނެކަމަށް ބެލެވެއެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން pic.twitter.com/Lbbysj13Nb
— People's Majlis (@mvpeoplesmajlis) April 17, 2023
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެވެ. ހަބަރުތައް ބުނާގޮތުން މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކެއް ހައްލުކުރުމަށްޓަކައި އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއި، އަދި އެހެން ބައެއް އެސެޓްތައް ވިއްކާުލުމަށް ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އެކަމުގައި އަދި ވަކިގޮތެއް ނުނިންމައެވެ.
އެފްކޮންސް އިންފްރާސްޓްރަކްޗަރއަކީ ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.
ތިލަމާލެ ބްރިޖާއި އައްޑޫ މަގު ހެދުން ހަވާލުކޮށްފައި އޮތް އެފްކޮންސް ކުންފުންޏާއި އެހެން ބައެއް އެސެޓްތައް ވިއްކާލައިގެން ބިލިއަނަރު ޝަޕޫރު މިސްޓްރީއަށް 2 ބިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެއެވެ.
އެފްކޮންސްއިން އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މަޝްރޫއުތައް ކުރިއަށްގެންދާއިރު، މިހާރުވެސް 25 ގައުމެއްގައި އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އެހެންކަމުން ކުންފުނި ވިއްކާލައިފިނަމަ މަޝްރޫއުތައް ކުރިއަށްދާ ދުވެއްޔަށް އަސަރުކުރާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު